މަސްޖިދުލް ބިލާލް ރައީސް ހުޅުއްވައި ދެއްވައިފި

image ރައީސް ޔާމީނަށް މާވަށުން މަރުހަބާ ދަންނަވަނީ: ފޮޓޯ ރައީސް އޮފީސް

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. މާވަށުގައި އިމާރާތްކޮށްފައިވާ މިސްކަިތް "މަސްޖިދުލް ބިލާލް" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު ހުޅުވައި ދެއްވައިފިއެވެ.

އެމިސްކިތް ހުޅުވައި ދެއްވީ ރައީސް ޔާމީން ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގައި މާވަށަށް މިއަދު ވަޑައިގެންނެވެ. އެ މިސްކިތަކީ އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. އެރަށުގައި ދެހާހަށްވުރެ ގިނަ މީހުން އުޅެއެވެ. އެ މިސްކިތް އެޅުމަށް ސައުދީންވަނީ 5.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި މިސްކިތުގެ މަސައްކަތް ފަށައިފައިވަނީ 2014 ވަނަ އަހަރު އޭޕްރީލް މަހުގައެވެ. މިދިޔަ އަހަރުގެ ޖޫންމަސްތެރޭގައި މިސްކިތުގެ އަމަލީ މަސައްކަތްވަނީ ނިމިފައެވެ.

އެ މިސްކިތުގެ ސަބަބުން އެރަށުގެ މީހުން އަޅުކަން ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. އެ މިސްކިތާއެކު އެރަށުގައި ޖުމްލަ ތިން މިސްކިތް މިހާރު ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...