ކައްދޫ އެއަރޕޯޓްގެ ނަން "އިސްކަންދަރު ވައިގެ މަރުކަޒު" އަށް ބަދަލުކޮށްފި

image އިސްކަންދަރު ވައިގެބަނދަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު: ފޮޓޯ ޕީއެސްއެމް

ހައްދުންމަތީ ކައްދޫ އެއާޕޯޓުގެ ނަން "އިސްކަންދަރު ވައިގެ މަރުކަޒު" އަށް ބަދަލުކޮށްފިއެވެ.

އެއާޕޯޓުގެ ނަން ބަދަލު ކުރުމަށް މިއަދު ހެނދުނު ކައްދޫ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ކައްދޫ މިލިޓަރީ އެއަރޕޯޓްގެ ނަންބޯޑުގެ ފަރުދާ ކައްސަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މިއަދުން ފެށިގެން ކައްދޫއެއާޕޯޓު ވެގެންދާނީ މިލިޓްރީ އެއާޕޯޓަކަށެވެ. މިއީ ރާއްޖޭގައި އުފެއްދި މިލިޓަރީ ފުރަތަމަ އެއާޕޯޓެވެ. މިއަދުން ފެށިގެން އެތަނުގެ ނަމަކީ އިސްކަންދަރު ވައިގެ މަރުކަޒެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިގު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުހައްމަދު މުއިއްޒާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހުމަދު ޒިޔާދާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...