އޮއިވަރެއްގައިޖެހި ޒުވާނަކު ގެނބިގެން މަރުވެއްޖެ

image

އައްޑޫސިޓީ ހަންކެނޑެ ސަރަހައްދަށް މޫދަށް އެރިއުޅުނު ފޭދޫ ޒުވާނަކު މިއަދު މެންދުރުފަހު 2.30 އެހައިކަންހާއިރު މަރުވެއްޖެއެވެ.

ސ. ފޭދޫ ފޭދޫ، އަޅިވިލާގެ އިސްމާއިލް ސާމިހް ސައީދު މަރުވެފައިވަނީ މިއަދު އައިކޮޅިގަނޑާއެކު މޫދުގެ އޮއިވަރު ގަދަވި ވަގުތު އޮއިވަރުގައި ޖެހިގެން ކަމަށް އާއިލާއާ ހަވާލާދީ އައްޑޫ އޮންލައިންގައި ބުނެފައިވެއެވެ.

އޭނާއަކީ ރަނގަޅަށް ފަތަންވެސް އެނގޭ ކުއްޖެކެވެ. އެހެންނަމަވެސް އޮއިގަނޑުގައި ފަތަމުން ދަނިކޮށް އޭނާގެފައި އަކިނިވަޔަށް ދަމައި އަމިއްލައަށް ސަލާމަތްވެވޭނެ ގޮތެއްނުވީއެވެ. އޭނާއަށް އެހީވުމަށްޓަކައި އޭނާގެ ބޭބެމެންވެސް މަސައްކަތްކުރި ކަމަށްވެެއެވެ. އެހެންނަމަވެސް އޮއިވަރުގައި ޖެހިހައްތާވެސް އެޒުވާނާ ގެންދިޔައީ ބޭރަށެވެ. އެހެންކަމުން އޭނާގެ ބޭބެމެންނަށްވެސް އަތުވާވަރެއް ނުވީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެންމެފަހުން ފުލުހުންގެ އެހީއަށް އެދި ފުލުހުން އައިސް އޭނާ ނަގައިގެން ގެންދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. އެޒުވާނާ ހަންކެޑެ ސަރަހައްދަށްދިޔައީ ޕިކްނިކު ދަތުރެއްގައެވެ. އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...