ކުދިންނަށް ކިޔާނަންތައް އިސްލާމީ ނަންތަކަށް ހެދުމަށް ގޮވާލައިފި
ކުދިންނަށް ކިޔާ ނަންތައް އިސްލާމީ ނަންތަކަށް ހެދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި ކުދިންނަށް ނަންކިޔުމުގައި ބޮޑަށް ބަލަނީ އެހެން މީހުންނަށް ނުކިޔާ އައުނަމެއްކިޔޭތޯ ކަމަށެވެ. އެގޮތަށް ނަންކިޔަން ހަދައިގެން ޔަހޫދީ ނަމާއި ނަސާރާ ނަންތައްވެސް ކިޔޭ ކަމަށް ބުނެފައިވެއެވެ.
ދަރިންނަށް ރިވެތި ނަންތައް ކިޔުމަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. ކުދިންނަށް ނަންތައް ކިޔާއިރު ނަބިއްޔުންނާއި، ރަސޫލު ބޭކަލުންގެ އިތުރަށް އެނޫންވެސް މާތް ބޭބޭކަލުންގެ ނަންފުޅުތަކުން ނަންތައް ކިޔުމަށްވެސް އެކަލޭގެފާނު އިރުޝާދު ދެއްވާފައިވާ ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް މިކަންކަމަށް ބެލުމެއްނެތި އެއްވެސް މާނައެއްނެތް މުޅިން އައު ނަންތަކެއް ކިޔަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
"އެއްވެސް މާނައެއް ނެތަސް ބައެއް މީހުން ބަލަނީ އައުނަމެއް ކިޔޭތޯ އެވެ. ބައެއް މީހުން ވިސްނާނުލައި ޔަހޫދީ ނަންނަމާއި ނަސާރާއިންގެ ނަންތައް އެމީހުންގެ ދަރީންނަށް މިއަދު އެބަ ކިޔަ އެވެ. ވީމާ މިއަދު ކުދިންނަށް ކިޔާ ނަންތައް އިސްލާމީ އުސޫލުން ކިޔޭ ރަނގަޅު ނަންތަކަކަށް ހަދަން ޖެހެ އެވެ. އެހެން މީހުން ނުކިޔާ ނަންތައް ކިޔަން އައު ނަންނަން ހޯދުމުގެ ބަދަލުގައި ރަސޫލާގެ އިރުޝާދާ އެއްގޮތަށް" ނަންކިޔުމަށް އިސްކަންދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު