އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް ސިފައިންނަށް ބޭނުންވާ ފުރިހަމަ ތަކެއްޗާއި ވަސީލަތް ހޯދައިދޭން ޖެހޭ

image

އަލިފާނުގެ ހާދިސާތަކުން ސަލާމަތް ވުމަށް ސިފައިންނަށް ބޭނުންވާ ފުރިހަމަ ތަކެއްޗާއި ވަސީލަތް ހޯދައިދޭން ޖެހޭ ކަމަށް ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު ދީދީ ވިދާޅުވީ އިއްޔެ ކޯސްޓުލައިން ހާޑްވެއާ ފިހާރާގައި ހިފި އަލިފާންގަނޑު ނިންވުމަށް ފޯމް ޖަހާނެ ލޮރީއެއް ގެންނަން ޖެހުނީ ހުޅުލެއިން ކަމަށެވެ. މިއީ މީގެ 15 އަހަރު ދުވަސް ކުރިންވެސް ފަޔާއެންޓް ރެސްކިއުގެ ހާލަތު އޮތް ހިސާބުކަމަށް އޭނާ ވިދާޅުވިއެވެ. 

ޕެންޝަނުގެ ފައިސާއިން ގެދޮރުވެރިކަމަށް ހަރަދުކުރެވޭގޮތަށް ހުށަހަޅާފައިވާ ޕެންޝަން ގާނޫނުގެ އިސްލާހަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، "ގެދޮޅު އެޅޭނީ އެތަންތަނަށް ހިމާޔަތް ލިބޭނެކަން ޔަގީންވުމުން" ކަމަށެވެ. 

އިއްޔެ ކޯސްޓުލައިން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި 40 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެއީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާކަން ފާހަގަކޮށްލެވެއެވެ. އިއްޔެ ހަވީރު 4:30 ހާއިރު ހިފި އަލިފާންގަނޑު ނިއްވާލެވުނީ ރޭ އިރާކޮޅު ވަގުތެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement