ރިޓަޔާ ކުރާ ސިފައިން ވަޒީފާގައި އުޅޭނަމަ އިނާޔަތް ނުދޭން ކޮމެޓީން ފާސްކޮށްފި
ސިފައިންނާ ފުލުހުންގެ ބޭކަލަކު ރިޓަޔާކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއްގައި މަސައްކަތް ކުރާނަމަ ރިޓަޔާ ކުރުމުން ލިބޭ އިނާޔަތްތައް ނުލިބޭގޮތަށް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ ދިއްދޫ ދާއިރާގެ މަޖިލީސް މެމްބަރު އަބްދުއް ލަތީފް މުހައްމަދެވެ. އިސްލާހު ފާސްކޮށްފައިވާނީ ކޮމެޓީގެ އަގުލަބިއްޔަތުންނެވެ.
މި އިސްލާހުގައި ބުނެފައިވަނީ ރިޓަޔާކުރެވޭ ފަރާތަކަށް އިނާޔަތް ދިނުމުގެ ބާރު ލިބިގެންވަނީ ހޯމް މިނިސްޓްރަށްކަމަށެވެ. އެހެން ނަަމަވެސް ރިޓަޔާކުރެވޭ ފަރާތަކީ ރައްޔިތުން އިންތިހާބުކުރާ މަގާމެއްގައި ހުރި ފަރާތެއް ކަމަށްވާނަމަ އެ ފަރާތަކަށް އެ މުއްދަތެއްގައި އިނާޔަތް ނުލިބޭނެކަމަށެވެ.
ޓެގްސް
ކިޔުންތެރިންގެ ހިޔާލު