ކޯސްޓުލައިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަަބަޔަކު ހާލުގައި ޖެހިއްޖެ

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 3 ގަޑީރު ހޭދަވި
image

ކޯސްޓްލައިން ފިހާރާގައި އިއްޔެ ހަވީރު 4:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ދިރިއުޅޭ ގިނަބަޔަކު ހާލުގައި ޖެހިއްޖެއެވެ،

އަލިފާނުގެ ހާދިސާގެ ސަބަބުން 46 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓާރ މެނޭޖުމަންޓު ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ. 

މި ހާދިސާގައި އަލިފާންގޑު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކޯސްޓުލައިން ފިހާރަ އެއްކޮށް އަނދާހުލިވިއިރު އެ ފިހާރަހުރީ އިންޝިއުރަންސް ކޮށްފައެވެ. އެހެން ނަމަވެސް އެ ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު "ގުނައި އަދަދުވެސް ނުކުރެވޭނެ" ކަމަށް ފިހާރާއިގެ ވެރިފަރާތުން ވަނީ ބުނެފައެވެ. 

ފިހާރައިގެ ވެރިފަރާތުން ވަނީ އަވަށްޓެރިންނަށް ލިބުނު ގެއްލުންތަކަށް ހިތާމަކުރާކަން ހާމަކޮށްފައެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ. 

މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިސްލާމިކް ޔުނިވާސިޓީގައިވެސް ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. 

މިއީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...