މާލޭގެ މަގުމަތިން ފެނުނު ތުއްތު ކުއްޖަކު އާއިލާއާ ހަވާލުކޮށްފި

image
"މިރޭ އެގާރަޖައި އެހާކަންއިރު މާފަންނު ގްރީންފިޝްގެ ކައިރިން އާންމުގެ މީހަކަށް ފެނުނު ދެއަހަރުގެ ފިރިހެން ކުއްޖަކުވަނީ އޭނާވަނީ ފުލުސް އޮފީހަށް ގެނެސްފައި. އެކުއްޖާއަކީ ވާނުވާ ނޭނގޭ ވަރުގެ ތުއްތު ކުއްޖެއް. އެހެންވެ ވާނުވާ ބުނެދޭން އެކުއްޖާއަށް ނޭނގޭނެ. އެހެންވެ އެމީހާ އެކުއްޖާ ގެނައީ. ފުލުހުން މިހާރުވަނީ އެކުއްޖޭގެ އާއިލާ ހޯދައި އާއިލާއާ ކުއްޖާ ހަވާލު ކޮށްފައި،"

މާފަންނު ގްރީންފިޝް ކައިރިން މިރޭ ފެނުނު ދެ އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށުން އެކުއްޖާގެ އާއިލާއާ ހަވާލުކޮށްފިއެވެ.

އެކުއްޖާ ފެނިފައިވަނީ މިރޭ 11.00 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެކުއްޖާ ފެނިފައިވަނީ އާންމުންގެ މީހަކަށެވެ. ވާނުވާ ނޭނގޭ ވަރުގެ ތުއްތު ކުއްޖަކު އެކަނިމާ އެކަނި ހުއްޓައި ފެނުމުން އެމީހާވަނީ ވަގުތުން ފުލުސް އޮފީހަށްގޮސް އެކުއްޖާ ފުލުހުންނާ ހަވާލުކޮށްފައެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެކުއްޖާ ފުލުސް އޮފީހަށް ގެނައިއިރުވެސް އެއްވެސް ކަހަލަ އަނިޔާއެއް އަދި ގެއްލުމެއްވެސް ލިބިފައި ނުވާ ކަމަށެވެ. އެކުއްޖާ އެކަނި އެތާގައި ހުންނަން ޖެހުނު ސަބަބެއް އަދި އެނގިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިރޭ އެގާރަޖައި އެހާކަންއިރު މާފަންނު ގްރީންފިޝްގެ ކައިރިން އާންމުގެ މީހަކަށް ފެނުނު ދެއަހަރުގެ ފިރިހެން ކުއްޖަކުވަނީ އޭނާވަނީ ފުލުސް އޮފީހަށް ގެނެސްފައި. އެކުއްޖާއަކީ ވާނުވާ ނޭނގޭ ވަރުގެ ތުއްތު ކުއްޖެއް. އެހެންވެ ވާނުވާ ބުނެދޭން އެކުއްޖާއަށް ނޭނގޭނެ. އެހެންވެ އެމީހާ އެކުއްޖާ ގެނައީ. ފުލުހުން މިހާރުވަނީ އެކުއްޖޭގެ އާއިލާ ހޯދައި އާއިލާއާ ކުއްޖާ ހަވާލު ކޮށްފައި،" އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...