އެމްއެންޑީއެފުން މަރަދޫގައި ދެދުވަހުގެ އާއިލީ ހަވީރެއް ފަށައިފި

image

ސިފައިންގެ 124 ވަނަ އަހަރީ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އައްޑޫ ސިޓީ މަރަދޫގައި ދެދުވަހުގެ އާއިލީ ހަވީރެއް މިއަދު ފަށައިފިއެވެ.

މިއީ ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ފެށި މިހަވީރެކެވެ. މާދަމާވެސް މިހަވީރު ކުރިއަށްދާނެއެވެ. ތަފާތު އެކި ހަރަކާތްތައް އެކުލެވޭ މިހަވީރުގައި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކުރުމާއި ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އަދި މީގެއިތުރުން ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތައް ހިމެނެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއިން އިންތިޒާމްކޮށްގެން މިއަދު ފެށ އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުންވަނީ ބައިވެރިވެފައި ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ. މި އާއިލީ ހަވީރު މާދަމާވެސް ހަވީރު 16:00 އިން 18:00 އަށް ސ.މަރަދޫ ބަނދަރު ސަރަހައްދުގައި އޮންނާނެއެވެ.

އާއިލީ ހަވީރު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަޙްމަދު ސަޢީދެެވެ.

މި ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް ޢަބްދުﷲ އިބްރާހިމާއި ސަދަން އޭރިއާގެ އިސް އޮފިސަރުންގެ އިތުރަށް އޭރިއާގެ ސިފައިނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...