އަދީބާއި ޒިއަތުގެ މައްޗަށް އިތުރު ހަ މިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައެއް ތިލަވެއްޖެ
އެމްޕީއެލް އާއި އެމްޓީސީސީން ވަނީ ގިނައަދަދެއްގެ ފައިސާ ނަގާފައިއެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބްރީސް އަހުމަދު އަދީބާއި ދެ ބޭފުޅުން އިތުރު ހަ މިލިއަން ޑޮލަރުގެ ހިޔާނާތްވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވިސް (އޭސީސީ) އިން ހާމަކޮށްފިއެވެ.
އޭސީސީން ވަނީ އާދީބާއި ޒިއަތުގެ މައްޗަށް ދައިވާކުރުމަށް މި މައްސަލަ ހުށަހަޅާފައެވެ. އަށް ނުކުތާގެ މައްޗަށް އެކުލަވާލައި އެސީސީން މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ، މޯލްޑިވިސް މާކެޓިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) ފަސް މިލިއަން ރުފިޔާއަށްވާ ފައިސާ މޯލްޑިވިސް ޕޯޓްސް ލިމިޓެޓް (އެމްޕީއެލް) އިން ނަގާފައިވާ ކަމަށެވެ. އަދި މޯލްޑިވިސް ޓްރެވަލް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ނަގާފައިވާ ކަމަށެވެ. މި ދެ ކުންފުނިންވެސް ފައިސާ ނަގާފައިވަނީ އަލުން އަނބުރާ ދައްކާއިރު، އެ ފައިސާ ޑޮލަރުން ދައްކާނެކަމަށް ޝަރުތުކޮށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ކަމަށް އެ ރިޕޯޓުގައި ބުނެގައިވެއެވެ.
ޑޮލަރު ހޯދުމަށް އެޑްވާންސްކޮށް ފައިސާ ހަވާލުކޮށްފައިވަނީ އަދީބުގެ މަސްލަހަތު އޮންނަ އަމިއްލަ ދެ ކުންފުންޏަކާއި ކަމަށާއި، ޑޮލަރު ހޯދުމަށް ފައިސާ ހަވާލުކުރިއިރު، އެ ދެ ކުންފީގެ ގާބިލުކަން ބަލާފައިނުވާކަަމަށްވެސް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އޭސީސީސީން ހާމަކޮށްފައިވާ ގޮތުގައި، ހަވާލުކުރި ފައިސާގެ ތެެރެއިން އެމްޕީއެލްއިން ނެގި، ފައިސާގެ 1.5 މިލއަން ޑޮލަރު އަނބުރާ އެމްއެމްޕީއަރުސީއަށް ލިބިފައިނުވާއިރު، އެމްޓީސީސީން ނެގި އެއްވެސް ފައިސާއެއް އަނބުރާ ލިބިފައިނުވާކަމަށެވެ.
މި މަސައްކަތް ކުރުމުގައި ޓުއަރިޒަމް މިނިސްޓަރަކަށް އަދީބު ހުންނެވިއިރު، އޭނާ އިސްކޮށް މަސައްކަތް ކުރައްވާފައިވާކަމަށާއި، އެ މަސައްކަތް ކުރުމުގައި އެމްއެމްޕީއާރުސީގެ ބޯޑުގެ ރުހުން ހޯދާފައި ނުވާކަމަށްވެސް އޭސީސީން ބުނެއެވެ. ބޯޑުގެ ރުހުން ނުހޯދައި މިފަދަ ބޮޑު މުއާމަލާތެއް ކުރުމަކީ އެ ކުންފުނީގެ ގަވާއިދާއި ހިލާފުކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު