ގޭންގުތަކުގެ މެމްބަރުން ވަޒީފާތަަކަށް ނުކުމެ އިސްލާހުވުމަށް ހޯމްމިނިސްޓަރު ގޮވާލައްވައިފި

އިސްލާހު ނުވެއްޖެނަމަ ޓެގުކުރާނަން
image
ގޭންގުތަކަށް ނިސްބަތްވާ ތިބީ 300 ވަރަކަށް މީހުން

ގޭންގުތަކުގެ މެމްބަރުން އިސްލާހުވެ، ވަޒީފާތަކަށް ނުކުމެ ހަރުދަނާ ބަަޔަކަށްވުމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ދިޓީވީގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ގޭންގުތަކަށް ނިސްބަތްވާ 200 ނުވަތަ 300 މީހުން އެބަތިބިކަމަށާއި އެހެން ނަމަވެސް އެ އެންމެންގެ ގައިގައި ޓެގް އެޅުވުމަކީ ބޭނުންކަމެއް ނޫންކަމަށެވެ.

"ޓެގް ކުރާނީ އެ ދުވަސްރެއްގައި ބޭނުންވާ މީހުން،" އުމަރު ވިދާޅުވިއެވެ. 

އުމަރު ވިދާޅުވީ ކިތަންމެ ގިނަ ބަޔަކު ޓެގް ކުރަން ޖެހުނު ކަމުގައި ވިއަސް ޓެގް ކުރަމުން ގެންދާނެކަމަށެވެ. ދިވެހި ސަރުކާރަށް މިވަގުތު މުހިންމީ މަދު ބައެއް ރުއްސައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ދިވެހިރައްޔިތުންނަށް އަމާން މުޖުތަމައުއެއް ގާއިމް ކޮށްދިނުން ކަމަށެވެ. 

ފުލުހުންނާއި މާލޭގައި ހަރަކާތްތެރިވާ ބައެއް ގޭންގުތަކާއި ދެމެދު ހިގާދިޔަ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އުމަރު ނަސީރު ވުދާޅުވީ، ފުލުހަކަށް ހަމަލާ ދީފި ނަމަ އޭގެ ރައްދު ހިތިކޮށް އެބަޔަކާއި ދިމާލަށް ދާނެކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް