ޔެސް ޓީވީ ލޯންޗު ކޮށްފި

image

ޕަބްލިކް ސާވިސް މީޑިއާއިން (ޕީއެސްއެމް‍) އާއި ޔޫތް މިނިސްޓްރީ ގުޅިގެން އުފެއްދި ޔޫތް އެންޓަޓައިންމަންޓު ސްޕޯޓްސް (ޔެސް) ޓީވީ ލޯންޗުކޮށްފިއެވެ. 

މިޗެނަލް ލޯންޗު ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމެވެ. 

ޗެނަލް ލޯންޗުކުރުމުގެ ހަފްލާގައި އައްޑޫ އަތޮޅުގެ ޒުވާނުންގެ ޝުއޫރުގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ހއ. ހަނިމާދޫގައި ތިބި ޒުވާނުންގެ ޝުއޫރުވެސް ވަގުތުން ގެނެސްދީފައިވެއެވެ. 

ޔެސްޓީވީއަކީ ޒުވާނުންނަށް ހާއްސަކޮށް ލޯންޗުކުރި ޗެނަލެކެވެ. މިއީ ޒުވާނުންނަށް ހާއްސަކޮށް ރާއްޖޭގައި ލޯންޗުކުރި ފުރަތަމަ ޓީވީޗެނަލެވެ. އަދި މިފަދަ ޓީވީ ޗެނަލެއް އުފެއްދެވުމަކީ ރައީސް ޔާމިން ވެލައްޗާފައިވާ ވައުދެކެވެ.

  

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް