ކުޑަކުދިންނާ ބެހުނު ދެމީހަކު ޖަލަށްލާން ހުކުމް ކޮށްފި

image

ކުޑަކުދިންނާ ބެހުނު ދެމީހަކު ޖަލަށްލާން ހދ، ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓުން ހުކުމް ކޮށްފިއެވެ.

މިހުކުމް އިއްވާފައިވާ ދެމީހުންގެ ތެރެއިން ށ. ގޮއިދޫ، މަލާޒު އަލީ ޒާހިރުގެ މައްޗަށްވަނީ ދެ މައްސަލައެއްގައި 33 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. މި ހުކުމް އޭނާގެ މައްޗަށް އައީ ދައުލަތުން އޭނާގެ މައްޗަށްކޮށްފައިވާ ދެ ދައުވާއެއް ސާބިތުވުމުންނެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ޢަލީ ޒާހިރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެއެވެ. އެހެންކަމުން، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވުމުން އޭނާގެ މައްވަނީ ވަނީ 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އަދި ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވުމުންވަނީ 18 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. މި ދެ މައްސަލާގައި އޭނާގެ މައްޗަށް އައިސްފައިވަނީ ޖުމްލަ 33 އަހަރުގެ ހުކުމެކެވެ.

ދެވަނަމީހަކީ ހދ. ކުޅުދުއްފުށީ އިރުޒުވާގޭ، އަހުމަދު އިބްރާހީމްވެސް ކުއްޑަކުއްޖަކާ ބެހުމުގެ ކުށްސާބިތުވުމުން 15 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންވަނީ މާޗުމަހުގެ 17 ވަނަ ދުވަހުވަނީ ހުކުމް ކޮށްފައެވެ. ދައުލަތުން އަހުމަދު އިބްރާހީމްގެ މައްޗަށް ދައުވާ އުފުލީ ތަފާތު އެކި ދުވަސްމަތިން ގަދަކަމުން ކުޑަކުއްޖަކާއެކު ޖިންސީއަމަލު ހިންގާ މައްސަލައަކާ ގުޅިގެންެވެ.

މިދައުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، އަހްމަދު އިބްރާހީމް މި ދައުވާއަށް އިންކާރުކުރި ކަމަށެވެ. އެހެންނަމަވެސް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީއަތަށް މިދައުވާ ސާބިތުވާ ކަމަށެވެ.އެހެންކަމުން، އެއީ އަހްމަދު އިބްރާހީމްގެ މައްޗަށް މިފަދަ ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ 15 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...