މިއަހަރުގެ ރެހެންދި އެވޯޑު ނުވަ ބޭފުޅަކަށް ދީފި

image އާބިދާއަށް އެވޯޑު ހަވާލުކޮށް ދެއްވަނީ: ފޮޓޯ ހަވީރު

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެއްވަމުން ގެންދަވާ "ރެހެންދި އެވޯޑު" މިއަހަރު 9 ބޭފުޅަކަށް ދެއްވައިފިއެވެ.

މިއީ ގައުމުގެ ތަރައްގީއާއި ލާބަޔަށް މަސައްކަތް ކުރައްވާ ނަމޫނާ އަންހެނުންގެ އަގު ވަޒަން ކުރައްވައި ސަރުކާރުން ދެއްވާ އެވޯޑެކެވެ. މިއެވޯޑު ދެއްވާފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައެވެ. މި އެވޯޑު ހަވާލުކޮށް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނާ ތައުލީމާ ބެހޭ ވާޒީރާ ޑރ. ޢާއިޝަތު ޝިހާމެވެ.

ލިބިވަޑައިގެންނެވި ބޭފމުޖުތަމައާއި ގައުމަށް ނުވާ ބޭފުޅަކަށް ރެހދިރުން މިހަޔާތުގާ ގެނުވީ ދިރުނު ލޯބީގެ އަލިކޮށްފިޔޭ މިހަޔާތުގާ ދެޖިންސު ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ވަރުގަދަކުރަން ޖެހޭ: ތައުލީމީ ވަޒީރު

ޖިންސުގެ ތަފާތުކުރުންތައް ނައްތާ ލުމަށްފަހު ދެޖިންސު ހަމަހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު ވަރުގަދަ ކުރަން ޖެހޭކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ މި އެވޯޑު ލިބިވަޑައިގެންނެވީ، ޅ، ނައިފަރު މާތިލަ، ޝަމްހާ ޔޫސުފާއި، ހެންވޭރު ފަހިފާ، އާބިދާ ރަޝީދާއި، މ. މުލައް، ހުސްނޫގެ، ފާއިޒާ ހުސައިނާއި، ގަލޮޅު ސިނާމޯ، އާމިނަތު ނާޒުލީ އިބްރާހީމާއި، ގަލޮޅު، ވެނޭޒިއާ، އާމިނަތު ލީލާއި، ލ. ފޮނަދޫ، މުރިނގު، ފާތިމަތު ޒައީމާއި، މާފަންނު، ރޭޝަމް، ޑރ. ޢާއިޝަތު މުނީޒާއި، ވިލިމާލެ، މެރެލިމާ، ފާތިމަތު ޝަފީގާއި، މާފަންނު، އާސްތާނާ، އާމިނަތު އާތިފާ އަށެވެ.

މިރޭގެ ޖަލްސާގައި ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެން ހިތްވަރުގަދަ ބައެއް ކަމަށެވެ. ގައުމު ބިނާކުރުމުގައި ފިރިހެނުންނަށްވުރެ ތަންކޮޅެއްވެސް އެންހެނުންގެ ދައުރު ކުޑަނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ދިވެހި އަންހެނުންނަކީ ކަންކަން އަވަހަށް ދަސްކުރާ ތޫނުފިލި ބައެއްކަން ސްކޫލްތަކުގެ ދަރިވަރުން ހޯދަމުންދާ ނަތީޖާއަށް ބަލާއިރު އަންހެން ދަރިވަރުން ސާބިތުކޮށްދެމުން ގެންދާ ކަމަށެވެ.

މިރޭގެ ޖަލްސާގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގެވުމާ ހަވާލުވެ ހުންނެވި، ދައުލަތުގެ ބަންޑާރަ ނާއިބު މުޙައްމަދު އަނިލް ވެސް ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ ފިރިހެނުންނާއި އަންހެނުންނަށް އެކި ދާއިރާތަކުން ފުރުސަތު ލިބުމުގައި ތަފާތުތަކެއް އަދިވެސް ރާއްޖޭގައި އެބަހުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ޖިންސުގެ ތަފާތުކުރުން ނައްތާލުމާ ބެހޭ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފެށުމުން މިފަދަ ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...