ފަރެސްމާތޮޑާ ސިއްހީމަރުކަޒުގެ ތިޖޫރިއާއި، ކައުންސިލްގެ ފޯން ހޯދައިފި

image

މިމަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވަގަށް ނަގާފައިވާ ތިޖޫރިއާއި ރަށު ކައުންސިލުން ގެއްލުނު ފޯން ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވަނީ ތިޖޫރި ފެނިފައިވަނީ ފަރެސްމާތޮޑާ މާތޮޑާ އަވަށުގެ ކުޅިއަކުން (ފެންގަނޑެއް) އިން ކަމަށެވެ. އެތަނުން ތިޖޫރި ނަގާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެތަނަށް ފީނައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ތިޖޫރި ގެއްލުނުއިރު ދިހަވަރަކަށް ހާސް ރުފިޔާ އޭގައި ހުއްޓެވެ. އެހެން ނަަމަވެސް ފެނުނުއިރު އެއްވެސް ފައިސާއެއްނެތެވެ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އިންޓެލިޖެންސާއި، ތިނަދޫ ފުލުހުން ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކައުންސިލްގެ އިދާރާއިން ވަގަށްނެގި ފޯނު ފެނިފައިވަނީ މިކަމުގައި ތުހުމަތު ކުރެވޭ މީހުންގެ ގެއިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެފޯނަކީ ދެހާސް ފަސްސަތޭކައެއްހާ ރުފިޔާގެ އަގުހުރި ސްމާޓު ފޯނެކެވެ.

މި މައްސަލާގައި ކޯޓުއަމުރެއް ހޯދައިގެން ފުލުހުންވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެއީ 18 އަހަރުގެ ޒުވާނަކާއި، 22 އަހަރުގެ ޒުވާނެކެވެ. މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔުމުން ފިޔޯރީ މެޖިސްޓްރޭޓް ކޯޓުންވަނީ ކޮންމެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...