ފަންސަވީސް ބައިވެރިންނާއެކު ރޯވިންގެ ގައުމީ ސްކޮޑް އެކުލަވާލައިފި

image

ފަންސަވީސް ބައިވެރިންނާއެކު ރާއްޖޭގެ ރޯވިންގެ ގައުމީ ސޮކޮޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ފަރިތަކުރުންތައް މިއަދު ފަށައިފިއެވެ.

މި ސްކޮޑުއެކުލަވާލީ އައްޑޫސްކޫލްތަކާއި، ޖަމިއްޔާ އަދި ޖަމާއަތްތަކަށް ފުރުސަތު ހުޅުވައިގެން އެކަމަށް އެދުނު ޒުވާނުންނަށް ފުރުސަތު ދީގެން ކަމަށް ރޯވިންއެސޯސިއޭޝަންގެ ރައީސް އަޙުމަދު ޙަބީބު މިއަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައިވެރިވާން ފޯމު ހުށަހެޅި އެއްވެސް ކުއްޖަކު ބާކީކޮށްފައި ނުވާނެ ކަމަށެވެ. އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި 12 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ނުވަތަ ކުއްޖަކަށް މިހާރުވެސް ބައިވެރިވެވޭނެ ކަމަށެވެ.އަލަށް އެކުލަވާލި ސްކޮޑުގައި ހިމެނެނީ އައްޑޫ ހައި ސްކޫލުގެ 22 ދަރިވަރަކާއި ސިފައިންގެ ދެ މީހަކާއި، ޔޫތު ކޮމިޔުނިޓީން ބައިވެރިވި ޒުވާނެކެވެ. ސްކޮޑް އެކުލަވާ ލުމަށްފަހު ތަމްރީންތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) އެވެ.

މިއަދު ހަވީރު އައްޑޫ ހައި ސްކޫލުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މިކުޅިވަރު އާލާކޮށް ދިރުވުމަށް އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަން ހުރިހާ ގޮތަކުންވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. ކުރިއަށްއޮތް ތަނުގައިވެސް އެ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ބައިވެރިންގެ ފަރާތުން އެދެނީ މަސައްކަތާއެކު ހިތްވަރު ކޮށްގެން ރާއްޖެއަށް ރަންމެޑެއްޔެއް ހޯދައިދިނުން ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ ފުރަތަމަ ފަހަރަށް ރޯވިންގެ ގައުމީ ސްކޮޑެއް އެކުލަވާލުމަކީ ލިބުނު ކާމިޔާބެއް ކަމަށެވެ. މިއަދަކީ އޭނާ ވަރަށް ބޮޑަށް އިންތިޒާރު ކުރި ދުވަހެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްކޮޑުގައި ހިމެނޭ ކޮންމެ ކުއްޖަކުވެސް މިއީ މަޖަލަކަށް ކުރާ ކަމެއް ކަމަށްވުރެ ބޮޑަށް ރަނގަޅު ޑިސިޕްލީނެއް އަށަގެންނެވުމަށް ކުރާކަމެއްގެ ގޮތުގައި ކުރުމަށް އެދިވަޑައިގެންނެވިއެވެ. "ކޮންމެ ކުއްޖަކުވެސް އޮލިމްޕިކް ޑިސިޕްލީން ހިފަހައްޓަން ޖެހޭނެ" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެސޯސިއޭޝަނުން މަސައްކަތްކުރަނީ ރާއްޖެއަށް މިކުޅިވަރު ފަތުރައިލެވޭތޯ ކަމަށެވެ. އެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ގައުމީ ސްކޮޑަށް ކޯޗުކޮށްދެނީ ތަމްރީން ލިބިފައިވާ ދިވެއްސެކެވެ. އޭނާއަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ ބޭކަލެކެވެ. އޭނާއަށް އެހީވުމަށް 3 މީހަކުވެސް ހަރަކާތްތެރިވާނެއެވެ.

މި ތަމްރީންތަކަށްފަހު ގައުމީޓީމް ފުރަތަމަ ވާދަކުރާނީ ސެޕްޓެމްބަރގައި ބާއްވާ ބީޗް ގޭމްސްގައެވެ. އެ މުބާރާތުގައި 18 ޒުވާނުން ވާދަކުރާނެއެވެ.

ރޯވިންއެސޯސިއޭޝަނުގައި މިހާރު 13 ބޯޓު އެބައޮތް ކަމަށެވެ. އިތުރު 18 ބޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ހަބީބު އޭނާ ވިދާޅުވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި އައްޑޫހައިސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމްވެސް ވާހަކަ ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...