އަނިޔާވެރި ވެރިންގެ ކުރިމަތީ ހައްގުބަސްބުނުމަކީ އެންމެ ބޮޑު ޖިހާދު: އިލްޔާސް

image

އަނިޔާވެރި ވެރިންގެ ކުރިމަތީގައި ހައްގުބަސް ބުނުމަކީ އެންމެ ބޮޑު ޖިހާދު ކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވީ އަދާލަތު ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައެވެ. މި ނިއުސް ކޮންފަރެންސްގައި އިލްޔާސްވަނީ ރައީސް ނަޝީދުގެ ސަރުކާރު ލާދީނީ ނަމަ މިސަރުކާރު އެސަރުކާރަށް ވުރެ ލާދީނީކަން ބޮޑުކަމަށް ވިދާޅުވި ސަބަބު ހާމަކުރައްވާފައެވެ. ރައީސް ނަޝީދުގެ ސަރުކާރަށްވުރެ މިސަރުކާރުގެ ލާދީނީކަން ބޮޑުވާހަކަ ވިދާޅުވުމުން ސަރުކާރުގެ އިސްބޭފުޅުންގެ ފަރާތުންވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވުން ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ޝައިޚް ވިދާޅުވިއެވެ. އެބަޔަކު ނުރުހޭ ގޮތަކަށް ދީނީ ޢިލްމުވެރިއަކު އެއްޗެއް ވިދާޅުވުމުން އެބޭފުޅެއްގެ އަގު ވައްޓާލަން މަސައްކަތް ކުރައްވާ ކަމަށާއި އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫންކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އަދިވެސް ޙައްގުބަސް ވިދާޅުވާނެ ކަމަށާއި ޙައްގު ބަސް ވިދާޅުވާން އެހެން ބޭފުޅުންނަށްވެސް ގޮވާލައްވާ ކަމަށެވެ.އޭނާގެ މިލްކިއްޔާތުގައި ކަންނެލި ދޯންޏެއް އޮންނަ ކަމަށް މީހުން ދައްކާ ވާހަކަވެސް އޭނާ ދޮގު ކުރެއްވިއެވެ. އެފަދަ ދޯންޏެއް އޮންނަކަން ސާބިތުކޮށް ދިން މީހަކަށް އެ ދޯންޏާއި އެއްލައްކަ ރުފިޔާ ދެއްވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ އޭނާގެ މިލްކިއްޔާތުގައި ހުރި ހަމައެކަނި އެއްޗަކީ ޕަލްސާ ސައިކަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...