ކުއްލި ހާލަތުގައި ބޭނުން ކުރާނެ ޖެނެރޭޓަރުތަކެއް ގެންނަނީ

image

ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތަކަށް މައްސަލައެއް ދިމާވެ، ކަރަންޓް ކެނޑޭ ހާލަތްތަކުގައި އިމަޖެންސީކޮށް ބޭނުން ކުރުމަށް މޯބައިލް ޖެނެރޭޓަރުތަކެއް ގެންނަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ ރަށްރަށުގެ ކަރަންޓު ޔަގީން ކޮށްދީފައި ވިޔަސް ދޭތެރެ ދޭތެރެއިން ކަރަންޓަށް މައްސަލަ ދިމާވާ ކަމަށެވެ. އެހެން ކަމުން އެފަދަ މައްސަލައެއް ދިމާވާ ދަނޑިވަޅުގައި އިމަޖެންސީކޮށް ބޭނުން ކުރުމަށް ހަތް ޖަނެރޭޓަރު ގެންނަން ނިންމާފައިވާ ކަމަށެވެ.

އެކުންފުނިން ގެންނާނީ 500 އާއި 1000 އާ ދެމެދުގެ ވޯޓު ގެ ޖެނެރޭޓަރު ތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ޖެނެރޭޓަރުތައް ހޯދުމަށް އަންނަ މަހު ބީލަމަށް ލާނެ ކަމަށްވެސް އޭނާ މިއަދު ވިދާޅުވިއެވެ.

ކަރަންޓު ދިޔަސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޖެނެރޭޓަރު ބޭނުން ކޮށްގެން ކަރަންޓް ދެވޭނެ ކަމަށް ނިމާލް ވިދާޅުވިއެވެ. އެ ޖެނެރޭޓަރު ބޭނުން ކުރާނީ ބެކަޕް ސިސްޓަމްތަކެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...