ބޮންތައްޔާރު ކޮށްފައިވަނީ އަދީބުގެ އިރުޝާދުގެ ދަށުން: އުމަރު

image އުމަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ހަވީރު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދަތުރު ކުރެއްވި "ފިނިފެންމާ" ގައި ގޮއްވާލި ބޮން ތައްޔާރުކޮށްފައިވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިރުޝާދުގެ ދަށުން ކަމަށް ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި ގޮއްވާލި ބޮން ހެދިކަމަށް ތުހުމަތު ކުރެވެނީ ރެހެންދި ފްލެޓެއްގައި ކަމަށެވެ. އެކަމަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގާ ހަމައަށް ތިލަވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮންހެދުމުގައި އަދީބުވަނީ ސީދާ އަމަލީ ގޮތުންވެސް ބައިވެރިވެފައި ކަމަށް އުމަރު ވިދާޅުވިއެވެ.

ބޮންހެދި ފަރާތަށް އިރުޝާދު ދީފައިވަނީ ލޯންޗެއް އެއްކޮށް ގޮއްވާލެވޭ ފެންވަރުގެ ބޮމެއް ނުވަތަ އައިއީޑީ ތައްޔާރު ކުރުމަށެވެ. ބޭނުމަކީ ލޯންޗުގައި ތިބި އެންމެންގެ ދުވަސް ދުއްވާލުން ކަމަށް އުމަރު ވިދާޅުވިއެވެ. ކުރިން އުމަރު ވިދާޅުވެފައިވަނީ އެއީ ސީދާ ރައީސް ޔާމީން އަވަހާރަ ކޮށްލަން ދިން ހަމަލާއެއް ކަމަށެވެ. އެހެންނަމަވެސް ނިއުޅެމުންދާ ވަރަކަށް އިތުރު ކަންކަން ހާމަވަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފިނިފެންމާ ހާދިސާ ހިނގި ދުވަހުގެ ކުރީ ރޭ އަދީބު ވަނީ އެ ލޯންޗުކޮޅުގައި އާރަށަށް ވަޑައިގެންފައި ކަމަށެވެ. ސީދާ ރިޔާސީ ލޯންޗުކޮޅު ނޫނަސް އަދީބަށް ދަތުރުކުރެވޭނެ އެހެން ލޯންޗުފަހަރު ހުއްޓައި ސީދާ ރިޔާސީ ލޯންޗްކޮޅުގައި އެރޭ ދަތުރު ކުރެއްވުން ފާހަގަ ކުރެވޭ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިކަމާ ގުޅޭ ހެކިތައް ނައްތާލުމަށް އަދީބު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެކަން ކުރައްވާފައިވަނީ އަދީބާ ސުވާލު ނުކޮށް ހޭދަވި ދުވަސްވަރުގައި ކަމަށެވެ. އެދުވަސްވަރު ވަރަށްގިނަ ކަންކަން ބެއްލެވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިމައްސަލާގައި އަދީބުގެ މައްޗަށް ކުށްސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. މި ހާދިސާގައި ބައިވެރިވާ ސިޔާސީ އެންމެ އިސް ބޭފުޅަކީވެސް އަހުމަދު އަދީބު ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ނާއިބު ރައީސަކަށް އަދީބު ހުންނެވި އިރު އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނުނަގާހާ ހިނދަކު އޭނާ ބަންދުގައި ހުއްޓަސް ވެރިކަން ފުރޮޅިގެން އަންނާނީ އޭނާގެ އަތްމައްޗަށް ކަމަށް އަދީބަށް އެނގިވަޑައި ގަންނަވާ ކަމަށެވެ. "އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާހާ ހިނދަކު އޭނާ ހައްޔަރުގައި ހުރި ނަމަވެސް (ރައީސް އަވަހާރަވެއްޖެ ނަމަ) ވެރިކަން ފުރޮޅިގެން އަންނާނީ އޭނާގެ އަތް މައްޗަށް. އެހެން ކަމުން ބަންދުގައި ހުރި ނަމަވެސް އައިއީޑީ މެދުވެރިކޮށް އެކަން ކުރަން އުޅުނީ،" އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް