ކައްޓެޅި ބޭނުމުގެ ފޯރިގަދަ މުބާރާތެއް ފުވައްމުލަކުގައި ބާއްވައިފި

image މުށިމަސް ޓީމުގެ ކެޔޮޅު (ކ) މިއީ ފުވައް މުލަކުގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތް: ފޮޓޯ އައްދު

ކައްޓެޅި ބޭނުމުގެ ފޯރިގަދަ މުބާރާތެއް ފުވައްމުލަކުގައި އިއްޔެ ބާއްވައިފިއެވެ. ދިހަ ޓީމް ބައިވެެރިވި މުބާރާތުން އެއްވަނަ ހޯދައިފައިވަނީ 27 ކައްޓެޅި ބޭނި "މުށިމަސް" ޓީމެވެ. ދެވަނަ ހޯދީ 25 ކައްޓެޅި ބޭނި "ބާރަބާރަ" ޓީމެވެ. ތިންވަނަ ހޯދައިފައިވަނީ "މަނާމް" ޓީމެވެ. އެ ޓީމުން ބާނާފައިވަނީ 21 ކައްޓެޅިއެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް ދީފައިވަނީ ވިހި ހާސް ރުފިޔާއެވެ. ދެވަނަ ޓީމަށް ދީފައިވަނީ ދިހަ ހާސް ރުފިޔާއެވެ. ތިންވަނަ ޓީމަށް ދީފައިވަނީ ފަސް ހާސް ރުފިޔާއެވެ.

މުބާރާތަށް ޓީމުތައް ފުރީ އިއްޔެ ހަވީރު 4.30 ގައެވެ. އެނބުރި އައިސްފައިވަނީ ރޭގަނޑު 9.30 ގައެވެ. މިއީ އޮޑި ދޯނިފަހަރަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ "ހަލް އިންޝުއަރެންސް" އާ މެދު މަސްވެރިން ހޭލުންތެރި ކުރުމަށް އެލައިޑް އިންޝުއަރެންސުން ފުވައްމުލަކުގައި ބާއްވާ ޕްރޮގްރާމުގެ ތެރެއިން ބޭއްވި ފޯރިގަދަ މުބާރާތެކެވެ. އެލައިޑުން ބުނެފައިވަނީ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މުބާރާތް ކުރިއަށް ދިޔައިރު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...