މުއްދަތު އިތުރު ކޮށްދިނުމަށް ނަޝީދު އަދި އެދިވަޑައި ނުގަންނަވާ: އުމަރު

image

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް މިހާރު ވަޑައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ގައުމުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އަދި އެދި ވަޑައިގެންފައި ނުވާ ކަމަށް ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ސަރުކާރުން ދެއްވާފައިވަނީ އެއްމަސްދުވަހެވެ. އެމަނިކުފާނު ފުރާވަޑައިގެންނެވީ މިދިޔަމަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބޭސްފަރުވާއަށް 6 ހޭދަވާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ.

ސަރުކާރުން އަންގަވާފައިވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އެދިވަޑައިގެންނެވުމުން އެކަން ކޮށްދެއްވާނެ ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވީ ރަނގަޅު ނިޔަތެއްގައި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ފެންނަމުން ދަނީ މީޑިއާ ކެންޕޭން ތަކުގައި އުޅުއްވާތަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާގެ ކަންކަން ގޮސްފައިވާ ހިސާބުގެ ތަފްސީލް ދެއްވުމަށް ކަރެކްޝަނުން ވަނީ ނަޝީދުގެ ބައްޕާފުޅު ޢަބްދުއް ސައްތާރަށް ސިޓީއެއް ފޮނުއްވާ ފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...