ބައްދަލުވުންތައް ތަފާތު ކުރާ މައްސަލަ އަދީބު ކޯޓަށް ހުށަހަޅައިފި

image

ރާއްޖޭގެ ކުރީގެ ބާރުގަދަ ނާއިބު ރައީސް އަހުމަދު އަދީބު އާއިލީ ބައްދަލުވުންތައް އެހެން މީހުންނާ ތަފާތު ކުރާ މައްސަލަ މަޝްވަރާކޮށްގެން ހައްލު ނުވުމުން އެމައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އަދީބުގެ ފަރާތުން މިމައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. އެ މާއްސަލައިގައި އަދީބު އެދިފައިވަނީ ބަންދުގައި ތިބޭ އެހެން މީހުންގެ އާއިލީ ބައްދަލުވުންތަކުގައި އަމަލު ކުރާ އުސޫލުން އޭނާއަށް އާއިލާއާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެ ދިނުމަށެވެ.

އަދީބުގފެ ފަރާތުން ކުރިންވެސް ބުނެފައިވަނީ އާއިލީ ބައްދަލުކުރުމުގައި ފުލުހުން އޭނާއާ މެދު އަމަލުކުރަނީ ބަންދުގައި ތިބޭ އެހެން މީހުންނާ މެދު އަމަލުކުރާ އުސޫލާ ތަފާތު ކޮށް ކަމަށެވެ. އަދީބު އޭނާގެ އާއިލާގެ މީހުންނާ ބައްދަލު ލުރާއިރު އެތަނުގައި ފުލުހުން ތިބޭ ކަމަށާއި އެއީ ބަންދުގައި ތިބޭ އެހެން މީހުންނާ މެދު ފުލުހުން އަމަލުކުރާ ގޮތެއް ނޫން ކަމަށެވެ. ކަމަށްވެސް ބުނެފައިވެއެވެ. އަދީބު އާއިލާއާއި ބައްދަލުކުރަނީ އޭނާ ހުންނަވާ ތަނުގެ ކުރިމަތިން ދަމާލެވިފައިވާ ފަރުދާއެއްގެ ފަހަތުގައި ތިބެގެން ފޯނެއް މެދުވެރިކޮށް ކަމަށްވެސް އަދީބުގެ ވަކީލުން ވަނީ ބުނެފައެވެ.

މިކަންކަމަށް ދައުލަތުން ވަނީ އިންކާރު ކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ އަދީބާ މެދު ވެސް އަމަލުކުރަނީ ބަންދުގައި ތިބޭ އެހެން މީހުންނާ މެދުވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ.

އަދީބު ވަނީ އެހެން ޝަކުވާއެއްވެސް ކޮށްފައެވެ. އެއީ ޖަލުގެ ގޮޅީގައި ފަސްފޫޓު ދެ ފޫޓުގެ އައްޓެއްގައި ނިދަން ޖެހުމުގެ ޝަކުވާއެވެ. އެކަމާ ގުޅިގެން ދައުލަތުން ވަކި އެއްޗެއް ސީދާ ބުނެފައިނުވެއެވެ. ނަމަވެސް އަދީބާ މެދު ތަފާތު ނުކުރާ ކަމަށް ބުނެފައިވެއެވެ.

އަދީބު ހައްޔަރު ކުރުމަށްފަހު ބަންދު ކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ރައީސް ޔާމީން އަވަހާރަށް ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...