މިތިބީ ނަޝީދުގެ އިންތިޒާރުގައި: ރައީސް

image

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި ހުންނެވި ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވީ އިހްސާންތެރި ވުމުގެ ގޮތުން ކަމަށެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ ކުރީގެ ރައީސެއް ކަމަށާއި ކުރީގެ ރައީސުންނަކީ ގައުމަށް އަގުހުރި ޝަޚުސިއްޔަތު ތަކެއް ކަމަށް ވިދާޅުވިއެވެ.

އެފަދަ ބޭފުޅަކު ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ނުދެއްވައި ހުންނެވީ ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ބޭރަށް ފޮނުއްވީ ވަރަށް އިތުބާރު ކުރައްވައިފައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ބޭސްފަރުވާއަށްފަހު ރާއްޖެއަށް އަނެއްކާވެސް ޚިދުމަތް ކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަމަށް އިންތިޒާރު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ ބޭފުޅެކެވެ. އެމަނިކުފާނުގެ ބޭސްފަރުވާއަށް ސަރުކާރުން ދެއްވާފައިވަނީ 30 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...