މަސީން ބާއްވާ ފެއަރ މިމަހު ބާއްވަން ނިންމައިފި

image ކުރިން ބޭއްވި ބިލްޑް އެކްސްޕޯއެއްގައި ނަލަހިޔާއިން ބައިވެރިކުރި ސްޓޯލް: ފޮތޯ ނަލަހިޔާ

"މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" ފެއަރ މިމަހު ބާއްވާ ގޮތަށް ނިންމައިފިއެވެ. ފެއަރ އޮންނާނީ ޖެނުއަރީ 27 އިން 29 އަށެވެ.

މިއީ މާރާތްކުރުމުގެ ދާއިރާގައި ހުރި ފުރުސަތުތަކާއި އުފެއްދުންތައް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ފެއަރ އެކެވެ.

މިއަހަރުގެ ފެއަރ ގައި 49 ސްޓޯލެއް ހުންނާނެއެވެ. މަސީން ބުނެފައިވާ ގޮތުގައި މިއަހަރުގެ ފެއަރގައި މިހާތަނަށް 40 ސްޓޯލް ވަނީ ހިމަނާފައެވެ.

މި އަހަރުގެ ފެއަރގައި ތަފާތު ދާއިރާތަކުން ޚިދުމަތްދޭ ފަރާތްތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ، ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ވިއްކާ ފަރާތައް، ހަރޑްވެއާ ސާމާނު ވިއްކާ ފަރާތްތައް ހިމެނެއެވެ.

މަސީން ބުނެފައިވަނީ އަދިވެސް އިތުރު ދާއިރާ ތަކުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ކޮންސަލްޓެންސީ ދޭ ފަރާތްތަކާއި، ފިނޭންސް އަދި އިންޝިއުރެންސް ޚިދުމަތްދޭ ފަރާތްތައްވެސް ހިމޭނޭނެ ކަމަށެވެ. މިފެއަރގައިވެސް ކޮންސްޓްރަކްޝަންސް ދާއިރާއަށް އަލަށް ތަޢާރަފްކުރާ ބައެއް ސާމާނު ދައްކާލުން އޮންނާނެއެވެ. މިއީ ކާމިޔާބު ކަމާއެކު ބާއްވަމުން ގެންދާ ފެއަރއެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...