އުމަރު އުޅުއްވަނީ ވަކަރުގޭ ކުއްޖެއްހެން: އީސަ

image

ރާއްޖޭގެ ހޯމްމިނިސްޓަރ އުމަރު ނަސީރު އުޅުއްވަނީ ވަކަރުގޭ ކުދިން އުޅޭހެން ކަމަށް އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ ރައީސް އަހުމަދު އީސާ ވިދާޅު ވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ރައީސް ނަޝީދު ބޭސްފަރުވާއަށް ބޭރަށް ނުފޮނުވަން އުމަރު ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

އެގޮތުން ޑޮކްޓަރުން ވިދާޅުވި ކަމަށް އެތައް ވާހަކައެއް ދައްކަވައި ހުއްޖަތް ދައްކަވަމުން ގެންދެވި ކަމަށެވެ. އަދި ރައީސް ނަޝީދު ބޭރަށް ފޮނުވެންނެތް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ބޭރަށް ވަޑައިގަންނަވާ ކަމަށްވާނަމަ "މީހަކު ރަހީނުކޮށްފައި ބަހައްޓަންޖެހޭނެއޭ" އުމަރު ވިދާޅުވި ކަމަށް އީސަ ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ފަހުން ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވީ އުމަރު އެހެން ވިދާޅުވެފައި ވަނިކޮށް އަމިއްލަ ޕާސްޕޯޓްގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރު ގެންދަވަނީ މިނިވަނެއް ފަދައިން އެ މަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކާ ބައްދަލުކުރައްވައި ބޭނުންފުޅު ވާހަކައެއް ދައްކަވަމުން ކަމަށްވެސް މަޖިލީހުގެ ކުރީގެ މެންބަރ އީސަ ވިދާޅުވިއެވެ. އެހެން ވީމާ އެ ބޭފުޅުން (އުމަރު) ދައްކަވާ ވާހަކައެކޭ "ރާދަނޑިގަނޑެކޭ" އެއްފަދަ ކަމަށް އީސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް