ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެ: ޝިފާޒު

image

މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސި ވިލާތަށް ފުރައިވަޑައިގެންފައިވާ ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސް ފަރުވާއަށްފަހު އެނބު ރާއްޖެ ވަޑައި ގަންނަވާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު ވިދާޅުވީ ރައީސް ނަޝީދަކީ ހިތްވަރުގަދަ ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. މީގެ ކުރިންވެސް އެމަނިކުފާނު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ހައްޔަރު ކުރާނެކަން އެނގިވަޑައިގެންނެވުމުން ދަތުރުފުޅު ކުރު ކުރައްވާފައި ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ބޭސްފަރުވާއަށް ނަޝީދަށް ދެއްވާފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޝީދުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްދާ ގޮތަށް ބަލާފައި ޑޮކްޓަރުންގެ ލަފާގެ މަތިން މުއްދަތު އިތުރު ކޮށްދެވޭނެ ކަމަށް ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަލުން ޖަލަށް ވަޑައިގަންނަވާނެތޯ ބީބީސީން ރާއްޖޭގެ ޚަރިޖީ ވަޒީރާ ދުންޔާ މައުމޫނަށް ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކަށް ރައީސް ނަޝީދު ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމަށެވެ. އެ ސުވާލަށް އެކަމަނާ ސީދާ ޖަވާބެއް ނުދެއްވިއެވެ.

ރައީސް ނަޝީދު ބޭރަށް ވަޑައިގެންނެވި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަންކަން ހަމަޖެހުމުންނެވެ. ޝިފާޒު ވިދާޅުވީ ރައީސް ނަޝީދުގެ މިދަތުރުފުޅާ ގުޅިގެން އެއްވެސް މީހަކު މިހާރު މާލޭގައި ބަންދުވެފައި ހުންނާކަށް ނުޖެހޭނެ ކަމަށެވެ. "ކުރިން އޮތް ގޮތުން އެމަނިކުފާނު އެނބުރި ވަޑައިގަންނަވަންދެން އެމަނިކުފާނުގެ ކަންކަމަށް ޒިންމާވެ ލިޔުމުގައި ސޮއިކުރާ މީހަކު މާލެއިން ބޭރަށް ނުގޮސް ހުންނަން ޖެހެއެވެ. އެއީ މީހަކު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުން ކަހަލަ ކަމެއް ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ދަތުރުފުޅު އާދީއްތަ ދުވަހުގެ ރޭ ފެށްޓެވުމަށް ނިންމަވާފައި ކެންސަލް ކުރެއްވީ ވެސް އެމަނިކުފާނުގެ ސަބަބުން އެހެން މީހަކު "ބަންދުގައި" ހުންނަން ޖެހިދާނެތީއެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު އެކަމަށް އެއްބަސްވެ ހުއްދަ ދެއްވީ ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ބޭރުގެ ބައެއް ވަޒީރުންގެ އެހީތެރިކަމާއެކު ނަޝީދަށް ސަރުކާރުން ފަހިވި ފުރުސަތެއް ކަމަށް ވެއެވެ. އެހެންނަމަވެސް އެއީ ރައީސް ޔާމީން އިންސާނިއްޔަތަށްޓަކައި ނަޝީދަށް ދެއްވި ފުރުސަތެއް ކަމަށް ދުންޔާ މައުމޫން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...