ސިއްހީ ދާއިރާއަށް ބަންގާޅުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ: ރައީސް

image

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގައި ބަންގްލަދޭޝްގެ އެހީތެރިކަން ވަރަށްބޮޑަށް ލިބެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް، ޖެނެރަލް އަބޫ ބިލާލް ސައިފުލްޙައްޤު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފްއާ މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ގިނަ ދިވެހިދަރިވަރުންތަކެއް، ބަންގްލަދޭޝްގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ކަމަށެވެ. އެންމެ ގިނައިން ދިވެހިކުދިން ބަންގްލަދޭޝްގައި މަތީ ތައުލީމު ހާސިލު ކުރަމުންދާ ދާއިރާއަކީ މެޑިސިން އަދި ސިއްހީ ދާއިރާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ނޭވަލް އެކަޑަމީއިން ގިނަ ޢަދަދެއްގެ ދިވެހިސިފައިން ތަމްރީން ހޯދައިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ބަންގްލަދޭޝްއަކީ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ގައުމެއްކަމުން، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ގިނަދާއިރާތަކުން ބަންގްލަދޭޝްގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި، އެގައުމުގެ ފަރާތުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވެނީ ބަންގްލަދޭޝްގެ ޑޮކްޓަރުންނަށް ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރެވޭނެ ފުރުސަތު ދެއްވައިގެން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތަފާތު ސްޕެޝަލިސްޓުން ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...