ޒުހާ މަރާލައިފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްގެން: ރިޕޯޓު

image

ހައްދުންމަތީ ގަމު ތުނޑީ އަވަށު، ބާބުލް އަވާލީ ހައްވާ ޒުހާ މަރާލައިފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްގެން ކަމަށް ޕްރިލިމިނަރީ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ "ޒުހާ މަރުވެފައިވަނީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން" ކަމަށެވެ. އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްފައިވަނީ ބިދޭސީއެކެވެ. އެކަން ކޮށްފައިވަނީ ހ. ލާލުުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައެވެ. ފުލުހުންވަނީ ޝައްކު ކުރެވޭ މީހާ ހައްޔަރު ކޮށްފައެވެ.

މިމައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޒުހާ މަރުވެފައިވާ އޮއްވައި ފެނިފައިވަނީ މިހިނގާ ޖެނުއަރީމަހު 7 ވަނަ ދުވަހު ހެނދުނު 6.00 އެހައިކަންހާ އިރު މާލޭ ގޯޅިއެއްގެ ތެރެއިންނެވެ. މަރުގެ މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރަމުންދަނީ ތަހުގީގު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...