ނަޝީދަށް ހުއްދަ ދެއްވީ ޕްރެޝަރ އޮވެގެން ނޫން: ޢުމަރުު

image

ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދަށް ހުއްދަ ދެއްވީ ބޭރުގެ އެއްވެސް ޤައުމެއްގެ ޕްރޭޝަރ އޮވެގެންނޫން ކަމަށް ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ރައީސް ނަޝީދަށް ދެއްވީ ކުރީގެ ރައީސުންނަށް ޤާނޫނު އަސާސީން ލިބިވަޑައިގެންފައިވާ ޚާއްސަ އިނާޔަގެ ދަށުން ކަމަށް ޢުމަރު ވިދާޅުވިއެވެ. ޚާއްސަ އިނާޔަތުގެ ދަށުން ރައީސް ނަޝީދަށް އެ ހުއްދަ ދެއްވަން ޖެހޭނެ ކަމަށް އެޓަރނީ ޖެނެރަލް ވަނީ ލަފާ ދެއްވައިފައެވެ. އެ ހިސާބުން އެ ހުއްދަ ދެއްވަން ޖެހޭނެކަމަށް ޢުމަރު ވިދާޅުވިއެވެ.

ޔޫކޭއަށް ވަޑައިގެންނެވުމުގެ ހުއްދަ ރައީސް ނަޝީދަށް ދެއްވިޔަސް އެނބުރި ވަޑައިގެންނެވުމަށް ދެއްވާފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ބޭނުންފުޅުވަނީ ވަކި މުއްދަތެއް ކަނޑައެޅުމެއްނެތި ބޭސްފަރުވާ ކޮށް ނިމިގެން އެނބުރި ވަޑައިގަންނަވާ ގޮތަށް ހުއްދަ ދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...