އެމްޓީސީސީގެ ޔުނީފޯމަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އާ ޔުނީފޯމެއް ތައާރަފްކޮށްފިއެވެ.

އަލަށް ތަޢާރަފްކުރި ޔުނީފޯމް ދައްކާލައިފައިވަނީ އެކުންފުންޏަށް 35 އަހަރު ފުރުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައެވެ.

ކުރިން އެކުންފުނީގެ އެކި ދާއިރާތަކުގެ މީހުން ބޭނުން ކުރަމުން އައިސްފައިވަނީ އެކިވައްތަރުގެ ޔުނީފޯމެކެވެ. އެހެން ނަމަވެސް އަލަށް ގެނައި ބަދަލާއެކު މުވައްޒަފުންގެ ޔުނީފޯމް އެއްގޮތްވާނެއެވެ. އަލަށް ތަޢާރަފް ކުރި ޔުނީފޯމުގައި އެ މުވައްޒަފެއްގެ ނަމާއި، މަޤާމް ފެންނަން ހުންނާނެއެވެ. މި ބަދަލާއެކު ފެރީ އަދި ލޯންޗު ސެކްޝަނުން ބޭނުންކުރާނީ އެއް ޔުނީފީމެކެވެ. ޝޯރޫމާއި ޓިކެޓް ކައުންޓަރުގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރާނީ އެއްޔުނީފޯމެކެވެ.

ޔުނީފޯމަށް ގެނައި ބަދަލާއެކު އެކުންފުނީގެ ވެބްސައިޓަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު ކުފުންފުނީގެ ހިއްސާދާރުންނާއި، އާންމުންނާއި، ނޫސްވެރިންނަށް ނުވަތަ މީޑިއާއަށް ފަސޭހައިން މަޢުލޫމާތު ލިބޭނެއެވެ. އެކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކާއި، މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތުވެސް މިހާރު ލިބޭނެއެވެ. އެގޮތުން ބަހުގެ ޚިދުމަތްދެމުންދާ ތަންތަނަށް ބަސް ދަތުރުތަކުގެ ޝެޑިއުލްވެސް ސައިޓުން މިހާރު ފެންނާނެއެވެ. އަދި އަގުތައްވެސް އެނގެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...