މަރުވެފައިވާ އަންހެނަކު މަގުމަތިން ފެނިއްޖެ

މަރުވެފައިފާ އަންހެނަކު މާލޭ ގ. ދޫހިމެރި މަގުގެ ގޯޅިއެއްގެ ތެރެއިން ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ފެނިފައިވަނީ ލ. ގަން، ބާބުލް އަވާލީ، 23 އަހަރުގެ ހައްވާ ޒުހާ ކަމަށެވެ. އޭނާ މަރުވިއިރު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގޭ ބަންދު ކޮށްފައެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން ބޮޑަށް ބެލެވެނީ ޒުހާރު މަރުވެފައިވަނީ ގުދުރަތީ މަރަކުން ނޫންކަމަށާއި ބޮޑަށް ބެލެވެނީ އޭނާ މަރާލައިފައިވާ ކަމަށެވެ. އެހެން ކަމުން ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަން މިހާރު ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒުހާ ފަހައި ބަޔަކު ރޭ ދުވިތަން ފެނުނު ކަމަށް އޭނާގެ ރައްޓެއްސަކު އޭނާގެ މަންމައަށް ގުޅާފައި ބުނެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...