އިސްތިއުނާފްގެ އަޑުއެހުންތައް ނިންމާލައިިފި

ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މި މައްސަލަ ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. ހައިކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ މެއިމަހު 11 ވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނިންމާލުމަށްފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވިީ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އެހެންނަމަވެސް ޙުކުމް އިއްވުމަށް ބާވާ ޝަރީޢަތް އޮންނާނެ ތާރީޚު ފަހުން އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ހާމަކޮށްފައެވެ.

އަޑު އެހުމުގައި ދެފަރާތުންވެސް ވަނީ ޚުލާސާ ބަޔާން އިއްވައިފައެވެ. އިއްޔެގެ އަޑު އެހުމުގެ އެއްބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. ސިއްރުން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ލިޔުމާ ބެހޭ ގޮތުން ދެ ފަރާތުން ވާހަމިއަދު ގެ އަޑު އެހުމުގައި ކުރިއަށް ގެންދެވީ ދެ ފަރާތުންވެސް ޚުލާސާ ބަޔާން އިއްވައި ވާހަކަ ދެއްކެވުމުގެ ބައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...