އިސްލާމިކް ޔުނިވަރސިޓީއަށް އެއްލައްކަ ޑޮލަރު

image ރައީސްގެ ޚާއްސަ މަންދޫބު ދުންޔާ މައުމޫން ސަޢުދީ ޢަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސާ ބައްދަލުކުރައްވަނީ: ފޮޓޯ ރައީސް އޮފީސް

ސަޢުދީ ޢަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހިމް އައްޝެއިޚް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް އެއްލައްކަ ޑޮލަރު ހަދިޔާ ކުރައްވައިފިއެވެ.

އެމަނިކުފާނު މިފައިސާ ހަދިޔާ ކުރެއއްވީ އެ ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ. އިސްލާމިކް ޔުނިވަރ ސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އެފައިސާއަކީ ޝޫރާ ކައުންސިލްގެ ރައީސްގެ އަމިލަ ޖީބުން ދެއްވި ހަދިޔާއެއް ކަމަށެވެ.

އެމަނިކުފާނު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެ ޔުނިވާސިޓީއަށް ޒިޔާރަތް ކުރެއްވީ މިއަދުއެވެ. އެ ޒިޔާރަތުގައި އެމަނިކުފާނުވަނީ ޔުނިވަރސިޓީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ. އަދި އެތަނާ ބެހޭ މަޢުލޫމާތުވެސް ހޯއްދަވާފައެވެ.

ރާއްޖޭހައި މިފަދަ ޔުނިވަރސިޓީއެއް ޤާއިމް ކުރެއްވީ އިސްލާމީ އަޤީދާ ވަރުގަދަކޮށް ދީނަށް ޚިދުމަތް ކޮށް ދީނީ ކަންކަން ރާއްޖޭގައި ފެތުރުމަށް ކަމަށް ދެންނެވުމުން ޝޫރާ ކައުންސިލްގެ ރައީސް އުފާކުރެއްވި ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް ސަޢުދީން އެހީތެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކުރިއެރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...