ފައިސާއާއި މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓަކާއި ގިނަ އަދަދެއްގެ ފައިސާ އާއި އެކު ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
ޢުުމުރުން 31 އަހަރުގެ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖެނުއަރީ ދެވަނަ ދުވަހު ހުޅުމީދޫންނެވެ. އޭނާ ހައްޔަރު ކުރީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު އިންޓެލް މައުލޫމާތަކާ ގުޅިގެންނެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންވަނީ އެމީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ. ފާސްކުރިއިރު އޭނާ ނިދާ ކޮޓަރިން ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއްވަނީ ވަނީ ފުލުހުންނަށް ފެނިފައެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި ބޭނުން ކުރެވިދާނެ ގިނަ އަދަދެއްގެ ހުސް ކޮތަޅުވެސް ފެނިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އެ މީހާއަކީ މަރާލާނެ ކަމަށް ބުނެ މީހުންނަށް ބިރުދެއްކުމުގެ މައްސަލަތަކުގަ އާއި ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގަ އާއި ރާ ބުއިމުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑް އޮއްނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު