ބްރިޖުގެ މަޝްރޫއަކީ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ ކަމެއް: ރައީސް

image

މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖަކީ އެތައްބައެއްގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އާ އަަހަރުގެ ތަހުނީޔާ ރައްޔިތުންނަށް ފޮނުވުމުގެ ގޮތުން ފޮނުވު ހިތާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ މި މަޝްރޫޢަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ސަރުކާރުން ހިންގާ ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. ބްރިޖުގެ އަމަލީ މަސައްކަތް ރައީސް ވަނީ އިފްތިތާހު ކޮށްދެއްވައިފައެވެ. އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ ހުސްވި ޑެންބަރު 30 ވަނަ ދުވަހުގެ ރޭގައެވެ.

ދިވެހިންގެ އެތަކެއް އުންމީދާ ގުޅި ލާމެހިފައިވާ މި ބްރިޖު 2018 ވަނަ އަހަރު ހުޅުވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ބްރިޖް ވެގެންދާނީ، ފަހުގެ ތާރީހެއްގައި ދިވެހިރާއްޖޭގައި ބިނާކުރެވޭ އެންމެ ވަރުގަދަ ބިނާއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...