އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

image

މި ފެށުނު މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުއްވައިފިއެވެ.

ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ އެމަނިކުފާނު ފޮނުއްވީ ހިތާބެއް މެދުވެރި ކުރައްވައެވެ. "މީލާދީ އާ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާ މިއުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، އާ އަހަރުގެ ހެޔޮއެދުންތައް އަރިސް ކުރަމެވެ." އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވެފައިވަނީ ނިމިގެން މިދިޔަ 2015 ވަނަ އަހަރު ވެގެންދިޔައީ، މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު ރައްޔިތުންނަށް އުފާފާގަތި އަހަރަކަށް ކަމަށެވެ. އަދި ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފައިބޭ އަހަރު ވެގެންދިޔައީ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީތަކެއް ލިބުނު އަހަރަކަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ އަހަރު ވެގެންދިޔައީ އިގްތިސާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރަކަށް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫޢުއަކީ އެތަކެއް އުންމީދުތަކެއް، ގުޅިލާމެހިފާވާ ބްރިޖަކަށް ކަމަށެވެ. އެ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމާ ލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބިނާކުރެވޭ މިފަދަ ވަރުގަދަ ބިނާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...