ކޯޓަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފި

image ފުލުހުން ހޯދަމުން ގެންދާ މުޙައްމަދު ފަޟީލް: ފޮޓޯ ޕޮލިސ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އެމީހާ ކޯޓަށް ހާޒިރު ނުވެފައިވާތީ އޭނާ ހޯދައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކުރެއްވީ މައެވެ. ފުލުހުން ހޯދަމުންދަނީ އުމުރުން 43 އަހަރުގެ، މުޙައްމަދު ފަޟީލް ކިޔާ މީހެކެވެ،. އޭނާގެ އެޑުރެހަކަށް އޮތީ ދަފްތަރު ނަމްބަރު 10160 އެވެ.

އޭނާ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާއި ގުޅިގެން ޝަރީއަތަށް ހާޒިރުކުރުމަށް ބޭޏުންވެ ހާޒިރުކުރެވިފައިނުވާތީއެވެ. ކޯޓު އަމުރުގައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ 13:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރައްވާ ކަމަށެވެ. އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322112 އަށް ނުވަތަ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ. މިފަދަ މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ލިބޭތީ އެކަމަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...