ބަނގުރާ ފުޅިއަކާއެކު ފަސް މީހުން ހައްޔަރު ކޮށްފި

image

.ބަނގުރާ ފުޅިއަކާއެކު ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ

މި ފަސް މީހުން ހައްޔަރު ކޮށްފައިވަނީ ވިލިމާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރި ތެރެއިން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެމީނުން އަތުލައިގަތީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ބަނގުރާފުޅި ފެނިފައިވަނީ އެމީހުން ގެސްޓް ހައުސްގައި ތިބި ކޮޓަރިންނެވެ.

މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މިމައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...