"ތަހުގީގުގެ ހަލުއިކަމާއެކުވެސް ހައްގުތަކަށް އިސްކަން ދޭނަން"

image ހައްދުން މަތީ ގަން ޕޮލިސް ސްޓޭޝަން: ފޮޓޯ ޕޮލިސް

އަތޮޅު ތަކުގެ ޕޮލިސްސްޓޭޝަންތަކުން ބަލަމުންދާ މައްސަލަތަކުގެ ތަޙުގީގު އަވަސްކުރުމަށް ކުރާ މަސައްކަތުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދެ ފަރާތުގެ ޙައްގުތަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެފައިވަނީ ފުލުހުންނަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް އެތައް ބައެއްގެ ޙައްގުތައް ހިމެނޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ އެންމެންގެ މަސްލަހަތު ދަމަހައްޓައި ޙައްގުތައް ރަައްކާތެރި ކުރުމަށް ޤާނޫނީ އިމުގެތެރެއިން ކުރެވެން ހުރި މަަސައްކަތް ކުރުމަށް ފުލުހުން އިސްކަން ދެއްވާނެ ކަމަށެވެ. ހަމަ އެއާއެކު މައްސަލާގައި ލިބެންހުރި ހުރިހާ ހެއްކާއި ޤަރީނާ އެއްކޮށް މައްސަލަ ސާބިތު ކޮށް އިތުބާރާ ޔަޤީންކަން އުފެއްދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އަތޮޅުތަކުގައި ފުލުހުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެ މަސައްކަތްތައް ދުވަހުން ދުވަހަށް ބައްލަވަމުން ގެންދަވާ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަޙުގީގު އަވަސްކޮށް ހަރުދަނާ ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާ އާއެކު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އަންގަވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...