ހުއްދަ ލިބުމުން ފަރުވާއަށް ނަޝީދު ބޭރަށް ފޮނުވާނަން: ހުޝާމް

image

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އޮޕަރޭޝަން ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ މެޑިކަލް ބޯޑުން ދެއްވައިފި ނަމަ އެމަނިކުފާނު ފޮނުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް ހުޝާމް ވިދާޅުވެއްޖެއެވެ.

ހުޝާމާ ހަވާލާދީ މިއަދުނޫހުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައިބަދައިގެ މައްސަލައަކަށް ފަރުވާ ކުރުމަށް ބޭނުން ފުޅުވުމުން އައިޖީއެމްއެޗަށް ދެއްކެވި ކަމަށެވެ. އެތަނުން ބެއްލެވި ޑޮކްޓަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަޝްހޫރު ޑޮކްޓަރ ޔޫސުފް ޝާން ވިދާޅުވެގެން އޭޑީކޭ އަށް ނަޝީދު ގެންދަވައި ޑރ. ނިޔާފަށް ދެއްކެވި ކަމަށެވެ.

ހުޝާމް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އޮޕަރޭޝަން ރާއްޖެއިން ކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ފަޅައިގެންނާއި ތޮރުފައިގެންވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.ތިންވަނަ ގޮތެއްވެސް ޑޮކްޓަރުން ވިދާޅުވެފައި ވާކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު އެގޮތް ކަށަވަރުވާނީ އެންމެ ފަހު ދުވަހުގެ މެޑިކަލް ރިޕޯޓް ލިބުމުން ކަމަށް ހުޝާމް ވިދާޅުވެފައިވެއެވެ. އޭނާ ކުރިން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އޮޕަރޭޝަނާމެދު ގޮތެއް ނިންމަވާނީ އެމަނިކުފާނުގެ ޚިޔާލުފުޅުވެސް ހޯއްދެވުމަށް ފަހު ކަމަށެވެ.

ގައިދީންނަށް ފަރުވާކުރުމަށް ބޭރަށްދެވެނީ މެޑިކަލް ބޯޑުގެ ހުއްދަ ލިބިގެންނެވެ. ރާއްޖެއިން ދެވެން ހުންނަ ފަރުވާއަށް ބޭރަށް ފޮނުވަން އެ ބޯޑުން ހުއްދަ ނުދެއެވެ. އެހެންނަަމަވެސް ރައީސް ނަޝީދުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ހުޝާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް