ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ޤާއިމްކުރަނީ

image

ރާއްޖޭގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް ޤާއިމްކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ދިފާޢީ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިއީ ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން، ޤާއިމްކުރާ އޮތޯރިޓީއެއް ކަމަށެވެ.

ވަޒީރު މިކަން ހާމަކުރެއްވީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މީޑިޔާތަކަށް ޚާއްސަކޮގެން ބޭއްވި ބައްދަލުވުން ހުޅުވުމަށް ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ކުރިއަށްއޮތް ދެ މަހެއްހާ ދުވަހުގެތެރޭގައި މި އޮތޯރިޓީ ޤާއިމް ކުރެވޭނެ ކަމަށެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއްވެސް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ކައުންސިލުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ތައްޔާރުވެތިބުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިތުރަށް އެފަދަ ކަންކަމުން އަރައިގަނެ އާންމު ޙާލަތަށް ރުޖޫޢަވުމާ ބެހޭ ނިންމުންތައް ނިންމަންޖެހެއެވެ. އަދި ޤައުމީ ސިޔާސަތެއްވެސް އެކަށައަޅަން ޖެހެއެވެ. ކާރިސާތަކުން އާންމުނަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ޝަރީފު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement