އަޑުގެ އަހަރީ ދުވަހާ ގުޅިގެން ލޭހަދިޔާ ކުރަނީ

image

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ދެމުން ގެންދާތާ 53 އަހަރު ފުރޭ ދުވަހާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މި ކޭންޕު ބާއްވާނީ މާދަމާ ހެނދު 9.00 އިން ހަވީރު 5.00 އަށެވެ. ކެންޕޭން ކުރިއަށް ގެންދާނީ އަޑުގެ ސެނަކޯ މާލަމުގައެވެ. ދިވެހިރާއްޖޭގެ އަޑުން މިހަރަކާތް ކުރިއަށް ގެންދާނީ މޯލްޑިވްސް ބްލަޑް ސާރވިސަސްއާ ގުޅިގެންނެވެ. ލޭ ހަދިޔާކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު އޮތީ ހުޅުވާލައިފައެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް މިހާރުން ފެށިގެން ނަންނޯޓު ކުރެވޭނެ ކަމަށް އަޑުންވަނީ ބުނެފައެވެ. މި ކޭންޕުން ލިބޭ ލޭ ހަދިޔާކުރާނީ ތެލެސީމިއާ ކުދިންނަށެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހަކީ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހެވެ. އަޑުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތައް ދަނީ ބާއްވަުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...