ނިޔާމަ ބޯޓު އަނދައި ހުލިވެއްޖެ

image ނިޔާމަ ބޯޓު އަނދަމުން ދަނީ: ފޮޓޯ ޕޮލިސް

މާލެއާއި ބ. އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއް ކަމަށްވާ "ނިޔާމަ" ގައި ރޭ ދަންވަރު ރޯވެ އަނދައި ހުލިވެއްޖެއެވެ.

އެބޯޓުގައި ރޯވެފައިވަނީ ބ. ތުޅާދޫ ބަނދަރުގައި އޮއްވައެވެ. ރޯވެފައިވަނީ ދަންވަރު 2:30 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ބުނެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އެހެން ނަމަވެސް ހާދިސާ ހިނގިއިރު ބޯޓުގައި ފަސް މީހުން ތިއްބެއެވެ. އެއީ ބަނގްލަދޭޝްގެ ރައްޔިތުންނެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވާލީ ފުލުހުންނާއި ތުޅާދޫ ރައްޔިތުންގެ މަސައްކަތުންނެވެ. ފުލުހުން ބުނެފައިވަނީ އަލިފާން ނިއްވާލެވުނީ ރޭ ފަތިހު ފަހެއް ޖެހަން އުޅެނިކޮށް ކަމަށެވެ. މިހާދިސާގައި ބޯޓުގެ ގެ ވަނީ އެއްކޮށް އަނދައިފައެވެ. އަދި އެހެން ބައިތައްވެސްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ބޯޓަކީ އޭދަފުށީ މީހެއްގެ ބޯޓެއް ކަމަށް އެނގިފައިވެއެވެ. އެބޯޓު ތުޅާދުއަށް ދިޔައީ މާލެ އައުމަށް އެރަށުން މުދާ އެރުވުމަށެވެ.

ބޯޓުގައި ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ އެކަން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް