ސަޢުދީ ރަސްގެފާނަށް ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

image

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިއީ ސަޢޫދީ ޢަރަބިއްޔާގެ ޖަޒާން ޖެނެރަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫއާއި މެޓާރނިޓީ ޑިޕާޓްމަންޓުގައި ހިނގި އަލިފާނުގެ ޙާދިޘާގައި، ‏އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ފޮނުއްވި މެސެޖެކެއެވެ.

އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ޙާދިޘާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެ ޙާދިޘާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް