އދ. ދާއިމީ މަންދޫބު ކަމަށް ޑރ. ޙާލާ ޙަމީދު އައްޔަން ކުރައްވައިފި

image ޑރ.ޙާލާ ޙަމީދަށް ފަތްކޮޅު ދެއްވަނީ: ފޮޓޯ ރައީސް އޮފީސް

ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ކަމުގެ މަޤާމަށް ހ.މީނާޒް ޑރ. ހާލާ ޙަމީދު، ރައީސް ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ.

ޑރ. ޙާލާ އެމަޤާމަށް އައްޔަން ކުރެއްވުމަށްވަނީ ސަފީރު ކަމުގެ ފަތްކޮޅު އެކަމަނާއަށް ދެއްވައިފައެއވެ. މި ރަސްމިއްޔާތު ބޭއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޑރ. ޙާލާ އެ މަޤާމަށް އައްޔަން ކުރެއްވީ އެކަމަނާ ކުރިން އަދާ ކުރައްވަމުން ގެންދެވި މަޤާމުން ވަކިކުރައްވާފައެވެ. އެއީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެވެ.

‏‏

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...