އުފެއްދުންތެރި ކަމުގެ މައުރަޒު 85 ސްޓޯލާއެކު މިރޭ ހުޅުވައިފި

image މަޢުރަޒު ހުޅުއްވައި ދެއްވުމަށްފަހު ރައީސް ޔާމީން ސްޓޯލްތައް ބައްލަވަނީ: ފޮޓޯ ސީއެންއެމް

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު 85 ސްޓޯލާއެކު މިރޭ ހުޅުވައި ފިއެވެ.

މަޢުރަޒު ބާއްވާ ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަޢުރަޒު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި މަޢުރަޒު ހުޅުއްވައި ދެއްވުމަށްފަހު އެމަނިކުފާނުވަނީ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި މަސައްކަތްތެރިންގެ އުފެއްދުންތައް ބައްލަވައި ލައްވާފައެވެ. މި މަޢުރަޒުގައި ހިމެނޭ 85 ސްޓޯލް ވަނީ 38 ބަޔަކަށް ބަހާފައެވެ. މި މަޢުރަޒުގައި ތަފާތު ވައްތަރުގެ ދިވެހި ފަރުމާތަކާއި ދިވެހިންގެ ޡަޤާފަތް ދައްކުވައިދޭ ކުޅިވަރުތަކާއި މަސައްކަތްތައް ވަނީ ހިމަނާފައެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް މި މަޢުރަޒު މިފަހަރު މިބޭއްވީ 12 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ. މިއީ ކުރިން ވަރަށް ފޯރީގައި ބާއްވަމުން ގެންދިޔަ މަޢުރަޒެކެވެ.

މަޢުރަޒުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް މިރޭ އިނާމް ހަވާލު ކުރުން އޮންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް