ބުރިޖުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ފަސްކޮށްފި
މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޑިސެންބަރ 30 އަށް ލަސްކޮށްފިއެވެ.
މިރަސްމިއްޔާތު ބޭއްވުމަށް ކުރިން ހަމަޖައްސާފައިވަނީ ޑިސެންބަރ 24 ވަނަ ދުވަހުއެވެ. ބުރިޖުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާ ތާރީޚު ބަދަލްވިކަން ހާމަކޮށްފައިވަނީ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މި ރަސްމިއްޔާތު ފަސްކުރި ސަބަބެއް މިނިސްޓަރުގެ ޓްވީޓުގައި ހާމަކޮށްފައެއް ނުވެއެވެ.
ބްރިޖު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ކުންފުންޏާއެވެ. އެކުންފުނިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅައިދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން ބޮޑު ބައެއް ދެނީ ޗައިނާ ސަރުކާރުގެ އެހީގެ ގޮތުގައެވެ. އެހެން ކަމުން ސަރުކާރުން މިކަމަށް ޚަރަދު ކުރަން ޖެހޭނީ ކުރިން އަންދާޒާ ކޮށްފައިވާ މިންވަރަށްވުރެ ކުޑައަދަދެކެވެ.
މި މަސައްކަތަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ސަރުކާރުންވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ހިޔާލު