ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވާނީ ފޮރެންސިކް ލެބޯޓްރީއަކާ އެކު: ޕޮލިސް

image ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތުކުރުމުގެ އެއްބަސްވުން ބަދަލު ކުރައްވަނީ: ފޮޓޯ-ޕޮލިސް

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް މާރާމާތަށްފަހު ހުޅުވާނީ މަރާމާތަށްފަހު ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވާނީ ފޮރެންސިކް ލެބޯޓްރީގެ ޚިދުމަތާއެކު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެތަން މަރާމާތު ކުރަނީ ދެ ހާސް ބާރަ ވަނަ އަހަރު ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހިނގާދިޔަ ހާދިސާތަކުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހުޅުޖަހައި އަންދާލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއެވެ.

އެތަން މާރާމާތުކޮށް ނިމޭއިރު ފޮރެންސިކް ލެބޯޓްރީގެ ޚިދުމަތާއެކު ދެވޭ އެހެން ޚިދުމަތްތައް ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީވެސް މިއަދުއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ އުހުދު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓާއެވެ. އެ ކުންފުޏާއެކު އެބަސްވުމުގައި ސޮއިކޮށްފައިވަނމިއަދު މެންދުރުފަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދެވެ. އުހުދު އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޢީމެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިމާރާތް މަރާމާތުކޮށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ.

މި މަސައްކަތަށް 3.6 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވަނީ މަސައްކަތް ފަށާތާ 100 ދުވަހުގެ ތެރޭގައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ފުލުހުންގެ ޚިދުމަތް މިހާރު ދެމުންދަނީ ސްޓޭޓް ހައުސްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް