ބުރިޖުގެ މަސައްކަތް މިމަހު ސައުވީހުގައި ފަށަނީ
މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މި މަހުގެ 24 ވަނަ ދުވަހު އޮންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަ ކުރައްވައިފިއެވެ.
ޑރ. މުއިއްޒު މިކަން ހާމަ ކުރައްވާފައިވަނީ މިރޭ ކުރެެއްވި ޓްވީޓެއްގައެވެ. ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުންޏާއެެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން ބޮޑު ބައެއް ޗައިނާ ސަރުކާރުންވަނީ ހިލޭ އެހީގެ ގޮތުގައި ދޭން ނިންމާފައެވެ. އަނެއްބައި ޚަރަދު ކުރާނީ ދިވެހި ސަރުކާރުންނެވެ.
މި މަސައްކަތް މި މަހުގެ 24 ފަށާއިރު އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެނިމިފައެވެ. ބްރިޖު އެޅުމުގެ މަސައްކަތް ފެށުމަށް ރާޅުގަނޑު ސަރަހައްދުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބޮޑެތި ބަދަލް ގެނެސްފައެވެ. އަދި ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރާ މަގުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ރާޅުގަނޑު ސަރަހައްދުގައި ހުރި ސުނާމީ ބިނާވެސް ވަނީ އެތަނުން އެހެން ތަނަކަށް ބަދަލުކޮށްފައެވެ.
މިއީ 1.39 ކިލޯ މީޓަރު ދިގު ބުރިޖެކެވެ. ފުޅާ މިނަކީ މީޓަރެވެ. ހުންނާނެ ކަަމަށެވެ.
ކިޔުންތެރިންގެ ހިޔާލު