އަންހެނުންނާއި ކުޑަކުދިންނަށް ވަނީ އިހުމާލު ވެފައި -ރައީސް

image އުތީމުގައި މިއަދު ބޭއްވި ގައުމީދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް
"އަޅުގަނޑުގެ ހުވަފެނަކީ، އަޅުގަނޑުމެން އެންމެ އަޅާނުލާ، އެންމެ އަޅުގަނޑުމެން އިހުމާލުކޮށްލާފައި އޮތް ދެ ގިންތި، އާދެ، ކުޑަކުދިންނާއި އަންހެނުންނަކީވެސް މި މުޖްތަމަޢުގެ ބައެއް ކަމަށް ގަބޫލުކޮށްގެން، އެމީހުންނަށް ލިބެން ބޭނުންވާ ޙައްޤަކީ، ޤާނޫނުގެ އަކުރަކުން ކަށަވަރުކޮށްދޭ އެއްޗަކަށްނުވުން،"

ރާއްޖޭގައި އެންމެ ބޮޑަށް އިހުމާލެ ވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަކީވެސް މުޖުތަމަޢުގެ ބައެއް ކަމަށް ގަބޫލު ކުރަން ޖެހޭކަމަށެވެ. "އަޅުގަނޑުގެ ހުވަފެނަކީ، އަޅުގަނޑުމެން އެންމެ އަޅާނުލާ، އެންމެ އަޅުގަނޑުމެން އިހުމާލުކޮށްލާފައި އޮތް ދެ ގިންތި، އާދެ، ކުޑަކުދިންނާއި އަންހެނުންނަކީވެސް މި މުޖްތަމަޢުގެ ބައެއް ކަމަށް ގަބޫލުކޮށްގެން، އެމީހުންނަށް ލިބެން ބޭނުންވާ ޙައްޤަކީ، ޤާނޫނުގެ އަކުރަކުން ކަށަވަރުކޮށްދޭ އެއްޗަކަށްނުވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރީތި ޖަޒީރާ ރަށްތަކުން ފަސްވަގުތު ނަމާދުގެ ބަންގީގެ އަޑު އަބަދުމެ އިވިގެންދިޔުމަކީވެސް އެމަނިކުފާނު ދެކެވަޑައި ގަންނަވާ ހުވަފެން ފުޅެއް ކަމަށެވެ.

މުސްކުޅިންނާއި އަދި އަންހެނުން، އަމާންކަމާއެކީ ދިވެހި ދައުލަތުގެ ދިވެހިރާއްޖޭގެ މަގުތަކުގައި އަމާންކަންމަތީ ހިނގާލާ އުޅުމާއި، މިނިވަން ޖައްވަކަށް ނޭވާލުމުގެ ފުރްޞަތު، އެންމެނަށް ލިބުމަކީވެސް ހުވަފެން ފުޅެއް ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް